އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާ ގަތުމުގެ މުއްދަތު މި ޑިސެމްބަރ މަހުގެ 31 ވާ އާދީއްތަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެކުންފުނިން މިގޮތަށް ނިންމީ އެ ކުންފުނީގެ ގިނަ ޢަދަދެއްގެ ޙިއްޞާދާރުން ދިރިއުޅެމުންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަމަށްވާތީ, ދާ ރައިޓްސް އިޝޫގެ ތެރޭގައި ވީހާވެސް ގިނަ ހިއްސާދާރުންނާއި ސީދާ ބައްދަލުކޮށް އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދީ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ފަރާތްތަކަށް ހިފޭނެ މަގުފަހިކޮށްދިނުމެވެ.
މިބަދަލާއެކު ހިއްސާ އެކަށައަޅާ ނިމޭނީ 21 ޖެނުއަރީ 2018 ގައި ކަމަށާއި ވިއްކަން ހަމަޖެހިފައި ޙިއްޞާ ޑިޕޮޒިޓްކުރެވޭނެކަމަށް ލަފާކުރެވޭ ތާރީޚަކީ 8 ފެބްރުއަރީ 2018 ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ ރައިޓްސް އިޝޫގެ ޙިއްޞާ ވިއްކުމަށް މީގެކުރިން ހަމަޖެހިފައިވަނީ 19 އޮކްޓޯބަރ 2017 އިން ފެށިގެން 3 ޑިސެމްބަރ 2017 ގެ ނިޔަލަށް ޙިއްޞާއެއް 62 ރުފިޔާއަށެވެ.
ރައިޓްސް އިޝޫގެ ދަށުން އެމްޓީސީސީގެ ޙިއްޞާ ގަނެވޭނީ 9 އޮކްޓޯބަރ 2017 ގެ 1600 ގެ ނިޔަލަށް ޙިއްޞާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް ނުވަތަ ޙިއްޞާދާރަކު އިޙްތިޔާރުކުރާ ގޮތަކަށް އެ ޙިއްޞާދާރެއްގެ ޙިއްޞާ ގަތުމުގެ ހައްޤު ދެވިފައިވާ އެހެން ފަރާތަކަށެވެ.
MTCC Rights Issue subscription deadline has been extended until the 31st of December 2017. #MTCC #RayyithungeKunfuni pic.twitter.com/0puBkVIQjX
— MTCC Plc (@MTCCPlc) December 3, 2017