ހދ.ކުޅުދުއްފުށި އެއާޕޯޓު އެޅުމަށް 3300 ޓަނުގެ ބޮޑު ހިލަ ހިފައިގެން ބަންޑުން ޖަހައިލި އެމްޓީސީސީގެ 'ކުރިމަގު 7' ބާޖަކީ އިންޝުއާ ކޮށްފައިވާ ބާޖެއްކަމަށް އެމްޓީސީސީން ބުނެފިއެވެ.
އިންޑިއާގެ ޓުޓިކޮރިނުން މި ބާޖު ކަފުޖަހައިގެން ޓަގްބޯޓް 'ޓެންގޯ 575' ދަތުރުކުރަމުންދަނިކޮށް، ތޫފާން އޯޗީގައި ޖެހި ބާޖު ބަންޑުން ޖަހައިލީ މިދިޔަ ހުކުރު ދުވަހުއެވެ. ޓަގްބޯޓުގައި 11 މީހުން ތިބިއިރ، މި ހާދިސާގައި އެއިން އެކަކަށް ވެސް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާޖާއި ޓަގުބޯޓު ވެސް ވަނީ އިންޝުއަރޭންސް ކޮށްފައެެވެ. އަދި ގެއްލުނު 3300 ހިލަ ގެންނަން އިތުރު ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަންޑުން ޖަހާލިއިރު، ކުޅުދުއްފުއްޓާ 152 މޭލު ދުރުގައި އޮތް މި ޓަގުބޯޓު މިހާރު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ.