ޓެސްޓުތަކެއް ހެދުމަށް ކުރީގެ ނައިބު ރައީސް އަދީބު އައިޖީއެމްއެޗް އަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 40ސ
ޓެސްޓުތަކެއް ހެދުމަށް ކުރީގެ ނައިބު ރައީސް އަދީބު އައިޖީއެމްއެޗް އަށް ގެންގޮސްފި
ސިއްޙީ ޙާލަތު ގޯސްވުމުގެ ސަބަބުން ޓެސްޓުތަކެއް ހެދުމަށްޓަކައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮވާ އަދީބު އައިޖީއެމްއެޗް އަށްގެންގޮސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދަނީ، އޭނާގެ މައްޗަށް ތަފާތު އެކި ކުށް ސާބިތުވުމުގެ ސަަބުން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ސިއްޙީ ހާލުކޮޅަށް ބަލާއިރު، އަދީބުގެ ހަށިގަނޑުގައު ސިސްޓެއް އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމެއްވާ "ގްލޮކޮމާ" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މީގެއިތުރުން އޭނާގެ ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ބުނެ އަދީބުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު އޮންލައިން