އެމްޓީސީސީ ހުޅުމާލޭ ބަސް ދަތުރުތަކުގައި އަންނަ އަހަރުން ފެށިގެން "ދަތުރުކާޑު" ބޭނުންކުރަން ފަށަނީ..

ކިޔުމަށް ހޭދަވާނީ 33ސ
އެމްޓީސީސީ ހުޅުމާލޭ ބަސް ދަތުރުތަކުގައި އަންނަ އަހަރުން ފެށިގެން "ދަތުރުކާޑު" ބޭނުންކުރަން ފަށަނީ..
އެމްޓީސީސީ ހުޅުމާލޭ ބަސް ދަތުރުތަކުގައި އަންނަ އަހަރުން ފެށިގެން "ދަތުރުކާޑު" ބޭނުންކުރަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެޚިދުމަތުގެ ތެރޭގައި ދަތުރު ކާޑުހިމެނުމަށް، އެއަރޕޯޓް ބަހުގައި އޮޓޮމެޓިކް ފެއާރ ކަލެކްޝަން ސިސްޓަމްހަރުކޮށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި ޓެސްޓްކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

ހުޅުމާލެ ފެރީގެ ޚިދުމަތުގައިވެސް މިހާރު ބޭނުންކުރަމުން އަންނަ "ދަތުރުކާޑު" ހުޅުމާލޭ ބަސް ޚިދުމަތުގައިވެސް ބޭނުންކުރަން ފެށުމުން ހުޅުމާލޭގެ ފެރީއާއި ބަސްތަކާއި ވިލިމާލޭ ފެރީގައިވެސް އެ ކާޑު ބޭނުންކުރެވޭނެއެވެ.

އެމްޓީސީސީގެ ދަތުރު ކާޑު މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ހުޅުމާލޭ ފެރީ ޚިދުމަތުގައެވެ.


މިއަދު އޮންލައިން