ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 'ޕީއެސްއެމް ކަނެކްޓް' ގެ ނަމުގައި ކޭބަލް ޓީވީގެ ޚިދުމަތް މިއަދު ތަޢާރަފުކޮށްފިއެވެ. ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މަޝްހޫރު ޗެނަލްތައް ހިމެނޭގޮތަށް މި ޚިދުމަތް ތަޢާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ޕީއެސްއެމްއިން ބުނެފައިވަނީ މިއީ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް މިފަދަ ޚިދުމަތެއް މުޅި ރާއްޖެއަށްދެވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި މި ޚިދުމަތުގައި މަޝްހޫރު ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯއިން ޑިމާންޑްގެ ޚިދުމަތް ވެސް ހިމެނިފައިވާކަމަށެވެ.
މިއަދު ޕީއެސްއެމް ކަނެކްޓްގެ ޚިދުމަތް ފެށުނުއިރު، އެ ޚިދުމަތް ކޮމާޝަލް ސާވިސްއެއްގެ ގޮތުގައި ފެށެންދެން ހިލޭ ލިބޭނެކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.