ބީއެމްއެލް އޭޓީއެމް ގެ ޚިދުމަތް ފަރެސްމާތޮޑާ އިންވެސް ލިބޭ ގޮތް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 1މ 35ސ
ބީއެމްއެލް އޭޓީއެމް ގެ ޚިދުމަތް ފަރެސްމާތޮޑާ އިންވެސް ލިބޭ ގޮތް ހަމަޖައްސައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ލިބޭނޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާ ގައި ސެލްފް ސާވިސް ބޭންކިންގ އެޓީއެމް ގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ސަރަޙައްދުތަކަށް ޚިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއިއެކު ލިބޭނެ ގޮތް ހެދުމަށް ބީއެމްއެލް އިން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރަމްގެ ދަށުން ފެށި ކަމެކެވެ. މިއޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިތަފާރިތަކަށް ފައިސާ ޖަމާކުރުމައި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއު ލިބޭނެއެވެ.

ފަރެސްމާތޮޑާ އިން ބީއެމްއެލް އޭޓީއެމް ގެ ޚިދުމަތް ފައްޓަވާ ދެއްވީ، މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލް އިސްލާމިކް ބޭންކިންގ ގެ ހެޑް، ޒުލްގަރްނައިން ބިން ތަމަން އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުލްގަރްނައިން ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް އެއް އެރަށުގައި ގާއިމް ކުރުމަކީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް ކަމަށެވެ.

ބީއެމްއެލް ގެ ޚިދުމަތްތަކަށް ބަލާލާއިރު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗު، 32 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 91 އޭޓީއެމް، 4900 ޕީއޯއެސް މާޗެންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ގެ ޚިދުމަތްތައް ހިމެނެއެވެ.


މިއަދު އޮންލައިން