އީރާނާއަށް ބާރުގަދަ ގިނަ ބިންހެލުންތަކެއް- ދައްޖާލު ފައުޅުވުން ކައިރިވަނީ؟
މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ހެނދުނާއި ހަމައަށް އީރާނުގެ އެކި ސަރަހައްދުތަކަށް ވަނީ އެކިވަރުގެ ބިންހެލުންތައް އައިސްފައެވެ.
އިއްޔެ ބައެއް ބިންހެލުންތައް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ. އިއްޔެގެ ރިޕޯޓްތަކަށްބަލާއިރު މަރުވެފައިވަނީ 18 މީހުންނެވެ. ވެއްޓިފައިވަނީ 20 ވަރަކަށް ގެއެވެ.
ދާދިފަހުންވެސް ވަނީ އިރާނުގެ ބޯޑަރު ސަރަހައްދަށް ބާރު ގދަ ބިންހެލުމެއް އައިސް އެތައް ސަތޭކަ ބައަކު މަރުވެފައެވެ. އެތައް ހާސް ބައަކު ޙާލުގައި ޖެހިފައެވެ.
މިއަހަރަށް ބަލައިފިނަމަ ބިންހެލުންތައް އެންމެ ގިނަ އަހަރަކީ މިއަހަރެެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ވަނީ އެކިވަރުގެ ބިންހެލުންތައް އައިސްފައެވެ.
ބިންހެލުމާއި ޠޫފާންތައް ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތްތަކެވެ. ދައްޖާލު ފައުލުވާނެ ކަމަށް ބެލެވެނީ އީރާނުގެ ސަރަހައްދުންނެވެ.