އެމްޓީސީސީ އިން ހުޅުމާލޭ އޭސީ ފެރީގެ ޚިދުމަތް ފުޅާކުރަނީ – އިތުރު ދެ ފެރީ މިމަހު ބޭނުންކުރަންފަށާނެ..

ކިޔުމަށް ހޭދަވާނީ 49ސ
އެމްޓީސީސީ އިން ހުޅުމާލޭ އޭސީ ފެރީގެ ޚިދުމަތް ފުޅާކުރަނީ – އިތުރު ދެ ފެރީ މިމަހު ބޭނުންކުރަންފަށާނެ..
އެމްޓީސީސީ އިން ދެމުންގެންދާ ފެރީ ޚިދުމަތުގެ ފެންވަރު އިތުރަށް ފުޅާކުރުމަށް ނިންމާ، އިތުރު ދެ ފެރީ މިމަހު ބޭނުންކުރަންފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ އަމިއްލަ ކުންފުންޏެއްކަމަށްވާ މެރިން ޑިޒައިން އާއިހަވާލުކޮށްގެން ރ. އިނގުރައިދޫގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންނަ ފެށި ތިން އޭސީ ފެރީގެ ތެރެއިން ދެ ފެރީއެވެ.

މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން 12 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މި ފެރީތައް މިދިޔަ އަހަރުގެ ފެބްރުއަރީގައި ހަވާލުކުރަންޖެހެއެވެ.

މިކަމާއިގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި އެގްރިމަންޓްގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާއިރު ފެރީގެ ޚިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
މިއަދު އޮންލައިން