އިންވެސްޓްމަންޓް ފޯރަމްގަ އެސްޓީއޯ ސްޓޯލަށް ބޮޑު ތަރުޙީބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިންވެސްޓްމަންޓް ފޯރަމްގަ އެސްޓީއޯ ސްޓޯލަށް ބޮޑު ތަރުޙީބެއް!
މިއަދު ދުބާއީގައި ކުރިއަށް ގެންދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އެސްޓީއޯ އިން ކުރިއަށް ގެންދާ ސްޓޯލަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ.



އެސްޓީއޯ އަކީ ރާއްޖޭގައި އެންމެ ގިނަ ކުންފުނިތަކުގެ ބެލެނިވެރި ކުންފުނި ކަމަށްވާއިރު އެސްޓީއޯ އިން މިހާރުވެސް ގެންދަނީ ބޭރުގެ ކުންފުނިތަކާއިއެކު ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. އެގޮތުން ސިމެންތި އުފައްދާ ލަފާޖަކީ ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ ކުންފުންޏެކެވެ.

އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސާފުނުކުރާ ތެޔޮ ގަނެގެން ސާފުކޮށް ރާއްޖޭގައި ތެލުގެ އަގު ހެޔޮ ކުރުމަށެވެ. މިކަމުގައި ސައުދީ އަރާމްކޯ އާއިއެކު މިހާރުވެސް ދަނީ މަޝްވަރާކުރަމުންނެވެ.



ޢާންމު ވިޔަފާރިއަށް ބަލައިފިނަމަ އެސްޓީއޯ އިން އެތެރެކޮށް މާކެޓްކުރަނީ ދުނިޔޭގެ އެންމެ މަޤްބޫލްކަން ލިބިފައިވާ އުފެއްދުންތަކެވެ. މާކެޓްކުރަމުން ގެންދަނީ ބާޒާރުގައި ލިބެން ހުންނަ އެންމެ ހެޔޮ އަގުތަކުގައެވެ. އަދި އެސްޓީއޯ އިން އާފްޓަރ ސޭލްސް ޚިދުމަތް ބައިނަލްއަޤްވާމީ ފެންވަރުގައި ދެމުން ގެންދާތީ އެކަމަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.



ރާއްޖެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްތަކުގައި ބައިވެރިވެ އެސްޓީއޯ އިން ގެންދަނީ އެކުންފުނީގައި އިންވެސްޓަރުންނަށް ހުރި ފުރުޞަތުތައް ހާމަކުރަމުންނެވެ.
މިއަދު އޮންލައިން