ރަންނަމާރިއަކީ ކާކުކަމާއިމެދު ގިނަ ބައަކު މިއަދުވެސް އުފައްދާ ސުވާލުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ރަންނަމާރިއަކީ ކާކުކަމާއިމެދު ގިނަ ބައަކު މިއަދުވެސް އުފައްދާ ސުވާލުގެ ޖަވާބު!
ރަންނަމާރީގެ ވާހަކައަކީ ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ ފުލޯކު ވާހަކައެކެވެ. އެދުވަސްވަރު ހުރިހާ ޤައުމުތަކެއްގައިވެސް މިފަދަ ފުލޯކުވާހަކަތައް އައީ ފަތުރަމުންނެވެ. އެހެންކަމުން އެކަމުގެ އަސަރު ރާއްޖެއަށް ކުރީއެވެ.

އެޒަމާނުގައި މިފަދަ ފަތުރައި އުޅުނު ސަބަބެއް ކަމަށް ބެލެވެނީ މީސްތަކުންގެ ސމާލުކަން ހޯދުމެވެ. ފުލޯކު ވާހަކަތައް ފެތުރުމަކީ އިބްރާހީމްގެފާނުގެ ޒަމާނުގައިވެސް އޮތް ކަމެއްކަން މުޙައްމަދުއްރަސޫލުﷲ ސީރީޒުންވެސް ސާބިތުވެއެވެ. ވާހަކަ ކިޔައި އުޅޭމީހުން އުޅުނު ކަމާއި ވާހަކަ އުފައްދައިގެން ކިޔާކަމެވެ.

ކޮންމެއަކަސް ރަންނަމަރީގެ ވާހަކައިގައި އެބުނާ ކޮންމެ މަހަކު އަރާ ޖިންނި ފުރޭތަ ނުވަތަ ރަންނަމާރިއަކީ މީހެއްކަމަށް ޤަބޫލުކުރެވެއެވެ. އެކަމާއި ގުޅޭގޮތުން ތާރީޚީ ޢިލްމުވެރިން ވަނީ ދިރާސާތަކެއް ކުރައްވައިފައެވެ. އެ ދިރާސާތަކުން ޤަބޫލުކުރެވޭ ގޮތުގައި ރަންނަމާރިއަކީ އެއިރުގެ ބޮޑު ހާމުދުރެވެ.

ކޮންމެ މަހަކު އެއް ރޭ އެންމެން ބިރުގަންނަވާފައި ބިކުރުވެރި އަންހެން ކުއްޖަކު ބޭނުންކޮށްލުމަށްފަހު އެކަންކުރީ އޭނާކަން ފޮރުވުމަށްޓަކައި އެކުއްޖާ މަރައިލަނީއެވެ.

މިކަމަށް އެންމެ ބޮޑަށް ބާރުލިބޭ އެއް ސަބަބަކީ އެއިރު ރާއްޖޭގައި އޮތް ބުދުދީނުގެ ބައެއް މަޒުހަބުތަކުގައި މިހާރުވެސް އަންހެން ކުދިން ބިކުރުވެރި ހާލުގައި އިސް ހާމުދުރާއި ހަވާލުކުރެއެވެ. ބާލިޣްވުމުން ބިކުރުކަނޑަންވެސް ހަވާލުކުރެއެވެ. ކުއްޖާގެ ހަޔާތް ބާއްޖަވެރި ކުރުވުމަށާއި ދަރިފަސްކޮޅު ރަނގަޅުކުރުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ.

ބުދު ދީން އޮތް ބައެއް ޤައުމުތަކުގައި މިހާރުވެސް މި ޘަޤާފަތް އެބައޮތެވެ. މިކަންކަމަށް ހާމުދުރުން ހިތްވަރުދެނީ އެމީހުންގެ ޖިންސީ އެދުންތައް ފުއްދުމުގެ ބޭނުމުގައެވެ. އެކަމުން ކުއްޖާއަށް ލިބޭނެ އެއްވެސް ފައިދާއެއް އޮންނާނެތީއެއް ނޫނެވެ.

ބައެއް މީހުން ރަންނަމާރިއަކީ އެއިރުގެ ރަސްގެފާނުކަމަށް ޤަބޫލުކުރެއެވެ. ނަމަވެސް މިއީ ބުއްދީގެ ހަމަތަކުން ޤަބުލުކުރެވޭނެ ކަމެއް ނޫނެވެ.
މިސާލަކަށް އެއީ ރަސްގެފާނުކަމަށްވާނަމަ އޭނާ ވާނީ ވަރަށް ބޮޑު އަނިޔާވެރިއަކަށެވެ. ދަރުމަވަންތަ ރަސްގެފާނަކީ އެފަދަ ބޭކަލެއް ނޫނެވެ. ދީލަތި އަދި މީސްތަކުންނަށް ރަޙުމް ކުރެއްވެވި ހަމަ އާއި އިންސާފުން ކަންކަން ކުރެއްވި ރަސްކަލެކެވެ. ފެންނަންހުރި ތާރީޚީ ހުރިހާ ލިޔުންތަކުންވެސް މިކަން ސާބިތުވެއެވެ.

ދެން އޮތީ އަބުއްރިކާބް ޔޫސުފަށް އަމާން ދެއްވަން ޖެހިވަޑައިގަތުމެވެ. މިއީ ވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އެރޭ އެތަނަށް ބިކުރުވެރި އަންހެން ކުއްޖާ ގާތަށް ވަޑައިގަތީ ރަސްގެފާނު ކަމަށްވާނަމަ އަދި އެތަނުގައި އަންހެން ކުއްޖާގެ ބަދަލުގައި އިންނެވީ އަބުއްރިކާބް ޔޫސުފް ކަމަށްވުމުން ދެބޭފުޅުން ބަނޑު މުސާރައަށް ބައްދަވައިގެން ރަސްގެފާނު ބަލިވީކަމަށްވާނަމަ ޖެހިގެން އައި ދުވަހު އަބުއްރިކާބް ޔޫސުފް އިސްލާމް ދީން ހުށަހެޅުއްވުމުން ވިސްނަވާލައްވަން ،2 3 ދުވަސް ނެންގުވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެފަދަ އަނިޔާވެރިންނަކީ ވައުދު ހިފަހައްޓާނެ ބައެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.

އެރޭ އެވަގުތު އިސްލާމްވެވަޑައިގަތުމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި އެ ވައުދު މުގުރައިލެއްވުމުގެ ފުރުޞަތު ރަސްގެފާނަށް ލިބިވަޑައިގެންނެވިއެވެ.

ފަތިހު މީހުން ގޮސް އަބުއްރިކާބް ޔޫސުފް ގަނޑުވަރަށް ގެނައުމުގެ ކުރިން ރަސްގެފާނަށް ސިފައިން ފޮނުއްވައިގެން އަބުއްރިކާބް ޔޫސުފް ދަރުބާރަށް ގެންނަވައި ނުވަތަ ނުގެންނަވައި އޭނާގެ ކަންތައް ފަސޭހަކަމާއިއެކު ނިންމަވައިލެއްވެވުނީހެވެ. މީހަކަށް ވީގޮތެއް ވެސް ނުއެނގޭނެ ގޮތަށެވެ. ކޮންމެ މަހަކު އަންހެން ކުއްޖަކު މަރަމުން ދިއަ މީހަކުނަމަ ބޭރު ޤައުމަކުން ވަޑައިގެން ހުންނެވި އަބުއްރިކާބް ޔޫސުފް އަވަހާރަކޮށްލައްވަން އޮންނާނެ އެއްވެސް ހުރަހެއް އޮންނާނެ ކަމަށް ނުފެނެއެވެ.

އެއިރުގެ ސިފައިންނަކީ ރަސްގެފާނު އެންގެވި ކޮންމެ ކަމެއް އެންގެވި ގޮތަށް ވަގުތުން ތަންފީޒުކުރަން ތިބޭ ބައެކެވެ. މިހުރިހައި ސަބަބުތަކަށް ވިސްނުމުން ރަންނަމާރިއަކީ ރަސްގެފާނު ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދެއެވެ.

އެއްވެސް މީހެއްގެ ބޮލުގައި ހައްޤު ނޫން އިލްޒާމް އެޅުވުމަކީ އެކަމުގެ އަޒާބު ޤިޔާމަތް ދުވަހުން ލިބޭނެ ކަމެކެވެ. އެއީ މަރުވެ ގޮސްފައިވީ މީހެއް ނަމަވެސްމެއެވެ. ވީމާ ރާއްޖެ އިސްލާމް ކުރެއްވި މާތް ރަސްކަލެއްގެ އިސްތަށިފުޅުގައި ހައްޤު ނޫން އިލްޒާމްތައް އަޅުވާއިރު ކަމުގެ ހަޤީޤަތާއިމެދު ފުރިހަމައަށް ވިސްނަން ޖެހޭނެއެވެ. އެހެން ބައެއްގެ ހިތުގައި ޝައްކުތައް އުފެދޭނެ ކަމެއް ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ.
މިއަދު އޮންލައިން