"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ޓަވަރު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، ސިންގަޕޫރުގެ އާރްއައި އިންޖިނިއަރިންގ ވޯކްސް ކުންފުންޏާއި މިއަދު ހަވާލު ކޮށްފިއެވެ.
އެމްޓީސީސީ ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިއަތު އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ދެ ޓަވަރު އަޅަން މިއަދު އެމްޓީސީސީ އިން ހަވާލުކުރި ކުންފުންޏަކީ މިހާރުވެސް ހުޅުމާލޭގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.
އެމްޓީސީސީ އިން ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވަނީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.
ސަރުކާރުން ކުރިއަށް ގެންދާ މިބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް "ހިޔާ" މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އެޅުމަށް ހަމަޖެހިފައިވެއެވެ.