ބީއެމްއެލް އިން ހުޅުމާލޭގައި އާ އޭޓީއެމް އެއް ގާއިމުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބީއެމްއެލް އިން ހުޅުމާލޭގައި  އާ އޭޓީއެމް އެއް ގާއިމުކޮށްފި
ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް އިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެލްފް ސާވިސް ބޭންކިންގއޭޓީއެމް އެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލް އިން ބުނެފަިވަނީ މި އާ އޭޓީއެމް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން،ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށާއި މިއީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާވެސް ގިނަ ބައަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރެވުނު އޭޓީއެމްއެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ "އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އިތުރު އޭޓީއެމް އެއް ހުޅުމާލޭގައިގާއިމްކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ފަސޭހަކަމެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެވެސްމާލީ އެހީތެރިކަމާއެކުތަރައްޤީކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގައި މި އޭޓީއެމް ބެހެއްޓޭކަމީ ވެސް މުނާސަބުކަމެއް.ހުޅުމާލެ އަށް އަންނަމުންދާ ތަރައްޤީއާއެކު މިދަނީ އާބާދީ އާއި ވިޔަފާރި އާއި ސިނާއީ ރޮނގުންވެސް ރާއްޖޭގެ އެންމެ މައި މަރުކަޒަކަށް ވެފައި. ހުޅުމާލޭގައި އިތުރު އޭޓީއެމް އަދި އާ ބިޒްނަސް ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." ކަމަށެވެ.

މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކއެކު20 އަތޮޅުގައި 34ބްރާންޗް،33 ސެލްފްސަރވިސްބޭންކިންގސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސްމަރޗަންޓުން، 205ކޭޝްއޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިންބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
މިއަދު އޮންލައިން