އެސްޓީއޯ އިން މާލޭ ސިނާއީ އަވަށުގައި ޤާއިމުކުރާ ފިޔުލް ޝެޑް ތަރައްޤީކުރަން އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި ނިންމައި ޖުލައި 26 އަށް ހުޅުވޭނެއެވެ. މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެސްޓީއޯ އާއި އެމްޓީސީސީ ގުޅިގެންނެވެ.
އެސްޓީއޯ އިން ތަރައްޤީކުރާ މި ފިޔުލް ޝެޑް ހުޅުވައި ޚިދުމަތް ދޭން ފެށުމުން އުޅަނދުފަހަރަށް ކައިރިކޮށް ތެޔޮ އެޅުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. މިފަދަ ޚިދުމަތެއް ލިބެން ފެށުމުން މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވާ ތެޔޮ ބައުޒަރުތައް މަދުވެ އެކަމުގެ ލުއި ފަސޭހަކަންވެސް ރައްޔިތުންނަށް ލިބިގެންދާނެއެވެ.