ބަދަލެއް ގެންނަންވީ ހަމައެކަނި އާއަހަރަކާއި ދިމާކޮށްތަ؟

ކިޔުމަށް ހޭދަވާނީ 1މ 20ސ
ބަދަލެއް ގެންނަންވީ ހަމައެކަނި އާއަހަރަކާއި ދިމާކޮށްތަ؟
އެއް އަހަރު ނިމެން ކައިރިވުމުން ނުވަތަ އަނެއް އަހަރަކަށް ފެއްޓުމުން، އެންމެ ގިނައިން އިވޭ އެއް އަޑަކީ އާއަހަރެއްގައި އެމީހެއްގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސް، އައު ކަންތައްތަކެއް ކުރާނެ ކަމަށް ބުނާ އަޑުތަކެވެ. އެހެންގޮތަކަށް ބުނާނަމަ، "ނިއު އިޔަރ ރިޒޮލިއުޝަން" އެވެ.

އެއްބައެއްގެ ރިޒޮލިއުޝަން އަކަށް ރަނގަޅަށް ސިއްޙަތައް ބެލުންވާއިރު، އަނެއް ބަޔަކު ބުނާ ގޮތުގައި އެމީހުންގެ އުޅުން އިސްލާޙުކޮށް، ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި އާއަހަރުގައި ވަރަށް ގިނަ ކަންތައް ކުރާނެއެވެ.

އާއަހަރުގައި ދުނިޔޭގެ އެކި ތަންތަން ބަލާލަން ދާނެ ކަމަށް ބުނުމާއި، ހެދުން އަޅާ ގޮތްފަދަ ކަންކަން ބަދަލު ކުރާނެ ކަމަށް ބުނެ އުޅުމަކީ ވެސް މިފަދައިން ބައެއް މީހުން ބުނެ އުޅޭ ބައެއް ކަންކަމެވެ.

ނަމަވެސް ސުވާލަކީ، މިކަމުގެ ބޭނުމަކީ ކޮބާތޯ އެވެ؟ މިފަދައިން އެކިއެކި ރިޒުލިއުޝަންތަކާއި އެއްޗެހި ހެދުމުގެ އަސްލު ބޭނުމެއް ނެތެވެ. އަދި ގިނަ ފަހަރަށް މިފަދައިން ކުރަން ބުނާ ކަންކަން ކުރެވެނީ އަހަރުގެ ފެށޭ ކޮޅު، ޖެނުއަރީ މަހު އެކަންޏެވެ. އޭގެ ފަހުން އެފަދަ އެއްޗެއް ބުނި ކަމެއް ވެސް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ.

އާއަހަރެއް ފެށުމުން ބަދަލެއް ގެންނަން ބުނާއިރު ސުވާލަކީ، ތިމާގެ ޙަޔާތަށް ބަދަލެއް ގެންނަންޔާ ގެންނަންވީ ހަމައެކަނި އާއަހަރަކަށް ހެއްޔެވެ؟ ހެޔޮ ބަދަލެއް ގެންނަން ބޭނުން ކަމުގައިވާނަމަ، އެންމެ ބުއްދިވެރި ގޮތަކީ، ވަކި ދުވަހެއް އަންނަން ދެން ލަސްނުކޮށް ތިމާގެ ހަޔާތައް އެބަދަލެއް ގެނައުމެވެ.

ރަނގަޅު އާދަކާދަތަކަކީ ތިމާގެ އުޅުމުގައި އަބަދުމެ އަށަގެންފައި ހުންނަންޖެހޭ ކަންކަމެވެ.
މިއަދު އޮންލައިން