އަދީބުގެ ބޯބާލައިފި

ކިޔުމަށް ހޭދަވާނީ 38ސ
އަދީބުގެ ބޯބާލައިފި
މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޯބާލައިފިއެވެ.

އަދީބުގެ ބޯ ބޭލީ ސިއްޙީ ހާލުކޮޅު މާބޮޑަށް ގޯސްވެ އުނދަގޫވާތީ ކަމަށް އޭނާގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވިއެވެ. ވަކީލު ވިދާލޫވި ގޮތުގައި އަދީބުގެ ބޯ ބޭލީ މިހަފްތާގައެވެ.

"މެޑިކަލް ކަންތައްތަކެއް ދިމާވެ ބަލިކޮށް އުޅޭތީ ބޯ ބޭލީ. ތަފްސީލު އަޅުގަނޑުމެން ފަހުން ހާމަ ކުރާނަން" މޫސާ ސިރާޖު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ދުވަހުން ދުވަހަކަށް ދަށަށްދާ ކަމަށް ބުނެ އަދިބުގެ ވަކީލުންނާއި ޤާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށް، އެތައް ފަހަރަކުމަތިން ވަނީ އަދީބަށް ބޭސް ފަރުވާ ކުމުރަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެދި ހުށަހަޅާފައެވެ. އެހެންނަމަވެސް އެކަމަށް ސަރުކާރުން ހުއްދަ ދީފައެއް ނުވެއެވެ.

މިއަދު އޮންލައިން