ނުފެނިއުޅުމަށް މާލޭގައި ބޮކުހަމުން ތާކިހާ ހަދައި އެޅުމުން ފެނުނު- މިހާރު ލާ ފޭރާން ލުމުން މާސާފުކޮށް ފެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ނުފެނިއުޅުމަށް މާލޭގައި ބޮކުހަމުން ތާކިހާ ހަދައި އެޅުމުން ފެނުނު- މިހާރު ލާ ފޭރާން ލުމުން މާސާފުކޮށް ފެނޭ!
އެއީ މާލޭގެ ވަރަށް މަޝްހޫރު ފަންޑިތަވެރިއެއްގެ 5 ދަރިންނެވެ. ބައްޕަގެ ފޮތްބައިން ފޮތެއް ބައްޕައަށް ސިއްރުން ނަގައިގެން ކިޔަނިކޮށް ފެނުނީ ބޮކުހަމުން ތާކިހާ ހަދައިގެން އެޅުމުން އެހެން މީހުންނަށް ނުފެންނާނެކަމުގެ ވާހަކައެވެ.

މިކަމުގެ އަޖުމަ ބަލަން ބޭނުންވިއެވެ. ދަރިންގެ މެދުގައި ސައްލާކުރުމަށްފަހު ބޮކުގެ ހަން އެއްކޮށް ކުޑަ ތާކިހަލެއް ހެދިއެވެ. ޓެސްޓް ކުރުމަށްޓަކައި އެންމެ ހަގު ކޮއްކޮގެ ބޮލުގައި ތާކިހާ އެޅުވުމުން ވީ އުފަލުން މުންޑުވެސް ބާލާފައި ނުކުތީ ބައްޕަގެ ކުރިމައްޗަށެވެ.

ދަރިފުޅުގެ ބޮލުގައި ހުރި ބޮކުހަމުގެ ތާކިހާ ފެނުމުން ވެގެން މިއުޅޭގޮތް ބައްޕައަށް އެނގުނެވެ. އެވަގުތު ހުރިހާ ދަރިން އެއްކުރުމަށްފަހު ބައްޕަ ބުންޏެވެ. "ދަރިންނޭވެ. އެ ފޮތުގައި އެވަނީ މާލޭގައި މިއުޅޭ ބޮކުގެ ވާހަކައެއް ނޫނެވެ. މިޞުރުގައި އުޅޭ ވަކިބާވަތެއްގެ ބޮކުގެ ވާހަކައެވެ. އަދި ތާކިހާ ތައްޔާރުކުރަންޖެހޭނީ ކިޔެވެލިތަކެއް ކިޔަވައި މަތުރައިގެންނެވެ. އަވަހަށް ތާކިހާ ނަގާފައި މުންޑު އަންނާށެވެ.

ޮކޮންމެއަކަސް އެއީ އެދުވަހެވެ. މިހާރު އެއަށްވުރެ މާފައްކާ މިބާވަތުގެ ހަމެއް އެބަގެންގުޅެއެވެ. އެއްވެސް އެއްޗެއް ކިޔަވައި މަތުރައި ހަދާކަށްވެސް ނުޖެހެއެވެ.

އެއީ ފާޑެއްގެ ފޭރާމެކެވެ. އެމީހުން ބުނަނީ ތިބެނީ ފޭރާމެއް ލައިގެން ކަމަށެވެ. ނަމަވެސް އެހެން މީހުންނަކަށް އެ ފޭރާމެއް ނުފެނެއެވެ. ފެންނަނީ ބަރަހަނާކޮށެވެ. ހަށިގަނޑުގައި އެބުނާ ފޭރާމެއް އޮންނަކަން އޭނާއަށް ބަލާ މީހުންނަކަށް ނުއެނގެއެވެ.

ވީމާ މިބާވަތުގެ ފޭރާން ރާއްޖެ ފަދަ ޤައުމަކަށް އެތެރެކުރުން މަނާކުރަން ފެންނަކަމަށް ގިނަ ބައަކު ބުނެއެވެ. ފޭރާން ލައިގެން ހުންނަ އެމީހާއަށް އެމިހާގެ އައުރަ ނުފެނުނު ނަމަވެސް އެހެން މީހުންނަށް ފެންނާތީއެވެ. ފޭރާމުގެ ބޭނުމަކީ އެހެން މީހުންނަށް ނިވާކުރުން ކަމަށްވާތީއެވެ.
މިއަދު އޮންލައިން