ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގަ އަލިފާން ރޯވެއްޖެ.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގަ އަލިފާން ރޯވެއްޖެ.
ޅ.ހިންނަވަރު ގޮނޑު ސަރަޙައްދުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 13:45 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރަމަނުން ކުރި މަސައްކަތުން މިހާދިސާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 14:30 ހާއިރުކަމަށެވެ.

އަލިފާން ރޯވުމާ ގުޅިގެން ގުދަނުގައި ހުރި ސާމާނު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.

މި ގުދަނަކީ ގޮނޑުން ހޮވާ ބައެއް ތަކެތި ރައްކާކުރުމަށް ބޭނުންކުރާގުދަނެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން