އެސްޓީއޯ އިން އައިވީ މަރުކާގެ ބުއިންތައް ތަޢާރަފްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެސްޓީއޯ އިން އައިވީ މަރުކާގެ ބުއިންތައް ތަޢާރަފްކޮށްފި
ތައިލަންޑްގައި އުފައްދާ އައިވީ މަރުކާގެ ބައެއް ބުއިންތައް އެސްޓީއޯ އިން ތަޢާރަފްކޮށްފިއެވެ.

ރަސްރަނި ބަގީޗާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބުއިންތައް ތަޢާފްކޮށްދެއްވީ އެސްޓީއޯ ސްޕަމާޓުގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން އެވެ.



އެސްޓީއޯ އިން ބުނީ ތަފާތު 6 ފްލޭވަރ ލިބެން ހުންނާނެ ކަމަށާއި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހަށް ޚާއްޞަ ޕްރަމޯޝަނެއްވެސް ކުރިއަށް ގެންދާނެ ކަށެވެ.



އެގޮތުން އެސްޓީއޯ ސްޕަމާޓާއި މާލޭގެ ބައެއް ބޮޑެތި ސްޕަމާޓުތަކުން 4 ޕެކެޓުގެ ޕެކެއް ގަތުމުން ކޫޕަނެއް ލިބޭނެ ކަމަށާއި ކޫޕަންތައް ގުރުއަތުލައިގެން ކޮންމެ ހަފްތާއަކު ނަޞީބުވެރިއަކު ހޮވައި ޓެބްލެޓެއް ހަދިޔާކުރާނެ ކަމަށެވެ. މީގެ އިތުރުން ގަންނަ ކޮންމެ 5 ކޭހަކަށް 1 ކޭސް ހިލޭ ދޫކުރާނެ ކަމަށެވެ.
މިއަދު އޮންލައިން