ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަށް ލިބެންޖެހޭ ބޭސް ފަރުވާއިން މަޙުރޫމްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އަދީބުގެ އާއިލާއާއި ވަކީލުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އަދީބުގެ ބެސް ފަރުވާ އާއި ގުޅޭ ގޮޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދީބުގެ އަނބިކަނބަލުންގެ އިތުރުން މިބައްދަލުވުމުގައި ބައިވެރިވީ އަދީބުގެ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހްފޫޒް ސައީދެވެ.
އެޗްއާރްސީއެމް ގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވީ އެކޮމިޝަންގެ ރައީސްގެ އިތުރުން ނައިބު ރައީސް އާއި މެންބަރަކާއި އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓަރެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި އެއްވެސް ތަފާތެއް ނުކޮށް މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރްސީއެމް އިން ބުނެފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ. މީގެއިތުރުން އަދީބުގެ ބޭސްފަރުވާއަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެ ކަަމަށާއި އެކޮމިޝަންގެ މަސައްކަތާއިއެކު އަދީބުގެ ބޭސްފަރުވާގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވެސް އެކޮމިޗަނުން ބުނެފައިވެއެވެ.