2017 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ނަތީޖާއަށް ބަލައިފިނަމަ ދިވެހި އިސްލާމް ވަނީ ކުރީއަހަރަށްވުރެ ދާށްވެފައެވެ.
ދިވެހިން 2016 ވަނަ ފާސްވީ 81.12 އިންސައްތައިގެ ދަރިވަރުންނެވެ. 2017 ވަނަ އަހަރު 80.7 އިންސައްތައިގެ ދަރިވަރުންނެވެ. އިސްލާމުން 2016 ވަނަ ފާސްވީ 77.33 އިންސައްތައިގެ ދަރިވަރުންނެވެ. 2017 ވަނަ އަަހަރު 73.2 އިންސައްތައިގެ ދަރިވަރުންނެވެ.
އެހެން ނަމަވެސް 2013 ވަނަ އަހަރާއި އަޅައިބަލައިފިނަމަ ނަތީޖާ ރަނގަޅެވެ. ދިވެހިން 2013 ވަނަ ފާސްވީ 78.2 އިންސައްތައިގެ ދަރިވަރުންނެވެ. އިސްލާމުން 2013 ވަނަ ފާސްވީ 70.4 އިންސައްތައިގެ ދަރިވަރުންނެވެ.
ބީޓެކްގެ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިމްތިޙާން ދެވޭ ފެންވަރާއިމެދު ކުރެވުނު ސުވާލަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. ބުނީ މިއީ އެހެން ބައަކު ހަދާ އިމްތިޙާނެއްގެ ނަތީޖާ ނޫން ކަމަށާއި ހަމަ ދަރިވަރުން ހަދާ އިމްތިހާނުތަކުގެ ނަތީޖާ ކަމަށެވެ.