މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރުވިދާޅުވީ އެސްޓީއޯއަކީ އާންމު ރައްޔިތުންނަށް ދޭ އަސާޞ ީހިދުމަތްތައް ފޯރުކޮށްދިނުމަށ ްކެނޑިނޭޅިމަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ.
"އެމްޓީ އަލިމަސް" ގެ ޓެކްނިކަލް އޮޕަރޭޝަން ބަލަހައްޓާނީ އެސްޓީއޯގެ ޓެކްނިކަލް ޓީމަކުން ކަމަށާއި އެސްޓީއޯގެ "އަލިހުރަސް" އަދި "އަލިމަސް" ތެޔޮ ބޯޓުގެ ސަބަބުން އެހެން ބައަކަށް ބަރޯސާނުވެ އެސްޓީއޯގެ ފިއުލް އޮޕަރޭޝަންސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.