ނިއުބޯން ކުދިންނަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ
ނިއުބޯން ކުދިންނަށް އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
އުމުރުން ތިން މަސް ނުފުރޭ ނިއު ބޯން ކުދިންނަށް ޚާއްސަކޮށްގެން، އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޭޑިންގ އިން މައުލޫމާތު ދީފައިވާގޮތުގައި، އިއްޔެ ފެށިފައިވާ މިޚާއްސަ ޕްރޮމޯޝަނަކީ މުއްދަތެއް ނެތް ގޮތަށް، ސްޓޮކް ހުސްވަންދެން އެފަރާތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މިޕްރޮމޯޝަންގެ ދަށުން ކޮންމެ ނިއުބޯން ކުއްޖަކަށް "ޑްރައިޕާސް" ނިއުބޯން ނެޕީ ބޮނޑިއެއް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މިހަދިޔާ ހޯއްދެވުމަށް، ހަމައެކަނި ގެންނަން ޖެހެނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓެވެ.

"އަޅުގަނޑުމެން ވިސްނާފައި މިވަނީ ވަރަށް ގިނަ ދުވަސް ވަންދެން މިޕްރޮމޯޝަން ކުރިއަށް ގެންދަން" ޕްރޮމޯޝަންއާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އޭޑީކޭ ގެ މާކެޓިންގ މެނޭޖަރ ޖިނާން ވިދާޅުވިއެވެ.

އޭޑީކޭ ގެ ފަރާތުން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮމޯޝަން، އޭޑީކޭ ޖެނެރަލް ޓްރޭޑިން އާއި އޭޑީކޭ 2 އަދި 3 ން ލިބުމުގެ އިތުރުން، ހުޅުމާލެ އާއި ހދ. ކުޅުދުއްފުށީ ގައި ހުންނަ އޭޑީކޭ ގެ ފިހާރަތަކުގައި ވެސް މިޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މިއަދު އޮންލައިން