ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ހުޅުމާލޭގައި 15 ބުރީގެ ރެސިޑެންޝަން ދެ ޓަވަރު އިމާރާތް ކުރުމުގެ އަގު ގާތްގަނޑަކަށް540 މިލިއަން ރުފިޔާއަށް އަރައެވެ. އަދި އެދެޓަވަރު ބިނާ ކުރެއްވުމުގެ ޢަމަލީ މަސައްކަތް ވެސް މިހާރު ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮންގް ކޮންގް ގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއި ވަނީ މިމަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ޖުމްލަ 35 މިލިއަން ޑޮލަރު (539.7 މިލިއަން ރުފިޔާ) ގެ އަގަކާއިއެކު ހިންގާ މިޕްރޮޖެކްޓުގެ 30 އިންސައްތަ ފައިނޭންސް ކުރާނީ ރޯޓައިމް އިންޖިނިއަރިންގ އިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މުވައްޒަފުން 15 އިންސައްތަ ފައިނޭންސް ކުރާއިރު ބާކީ ބައި ފައިނޭންސް ކުރާނީ "އެންޑް ޔޫޒާސް" އިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.