ބީއެމްއެލް "އަހަރެންގެ ބޭންކް" ގެ 28 ހަރަކާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
ބީއެމްއެލް "އަހަރެންގެ ބޭންކް" ގެ 28 ހަރަކާތް ފަށައިފި
އާންމުންނަށް ހުޅުވާލި އިންސްޓަގްރާމް ފޮޓޯ މުބާރާތަކުން ބީއެމްއެލް "އަހަރެންގެ ބޭންކް" ގެ 28 ހަރަކާތް ފަށައިފިއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން މިހިނގާ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިއްޔެ ފައްޓައިފިއެވެ.

މިހަރަކާތްތައް ފެއްޓުމުގެ ގޮތުން އިއްޔެ ހަވީރު ބީއެމްއެލް ގެ މައި އޮފީހުގެ ޓެރަސްގައި ބޭއްވި ހަފްލާއެއްގައި ވަނީ ސޯޝަލް މީޑިއާގެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާން ފޮޓޯ މުބާރާތެއް އިފްތިތާހް ކޮށްފައެވެ.

އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އިންސްޓަގްރާމްގައި ޝާޢިއުކުރާ ފޮޓޯތަކުން ދައްކުވައިދޭން ޖެހެނީ ރާއްޖޭގެ ރީތިކަން ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި މިމުބާރާތައް ކޮންމެ ފޮޓޯއެއް ޝާޢިއުކުރާއިރު #AharengeRaajje ހިމަނަން ޖެހެއެވެ.

އިންސްޓަގްރާމް ފޮޓޯ މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ފަންސަވީސް ހާސް ރުފިޔާ ކަނޑައެޅިފައިވާއިރު ދެވަނައަށް ހޮވޭ ފަރާތަކަށް ވެސް އިނާމު ކަނޑައެޅިފައިވެއެވެ.

މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެއެވެ.

"މުޅި ރާއްޖެއަށް އަމާޒުކޮށް އަޅުގަނޑުމެން ހިންގާ 'އަހަރެންގެ ބޭންކު' ޕްރޮގްރާމް އިން ބުނެދެނީ އަޅުގަނޑުމެން ޚިދުމަތް ދެމުންދާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ބޭންކެއްގެ ވާހަކައެވެ." މިކަމާއި ގުޅެގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވެއެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މިއަހަރުތެރޭ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމް ހިންގުމެވެ. އިއްޔެއިން ފެށިގެން ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ބީއެމްއެލްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ ވިދާޅުވިއެވެ.

މިއަދު އޮންލައިން