2012 ވަނަ އަހަރު ޤާނޫނާ ޚިލާފަށް ބަންދުގަ ބެހެއްޓީ އެކަކު- މިހާރު 9 މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
2012 ވަނަ އަހަރު ޤާނޫނާ ޚިލާފަށް ބަންދުގަ ބެހެއްޓީ އެކަކު- މިހާރު 9 މީހުން!
ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ޤާނޫނާއި ޚިލާފަށް މީހުން ބަންދުގައި ހިފެހެއްޓުމުގެ އެންމެ ސީރިއަސް ހާދިސާއަކަށް ފާހަގަކުރެވިގެން ދިއައީ 2012 ވަނަ އަހަރު މީހަކު ބަންދުގައި ބެހެއްޓި ހާދިސާއެވެ. ޤާނޫނީ ވަކީލުން މިހާރު ވިދާޅުވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއިން ފެށިގެން 9 މީހަކު ޤަނޫނާއި ޚިލާފަށް ބަންދުގައި ބައިތިއްބަމުން ގެންދާ ކަމަށެވެ.

2012 ވަނަ އަހަރު ޢަބްދުﷲ ޤާޟީ ބަންދުގައި ބަހައްޓާފައި ހުރިއިރު ވެސް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ސަރުކާރުން ބުނަމުން ގެންދިއައީ ކަންކަން ކުރަނީ ޤާނޫނުގެތެރެއިން ކަމަށެވެ. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ވިދާޅުވަނީ ކަންކަން ކުރަމުން ގެންދަނީ ޤާނޫނު އަސާސީގެ އިންތަކުގެ ތެރެއިން ކަމަށެވެ.



2012 ވަނަ އަހަރު ވެސް ޤާނޫނު އަސާސީއަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށާއި ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަންކަން ކުރުމަށް ދުނިޔޭގެ ޤައުމުތަކުންނާއި އދ އިން ގޮވައިލިއެވެ. ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށާއި ޤަނޫނު އަސާސީއަށް އަމަލުކުރުމަށް މިހާރުވެސް ޤައުމުތަކުންނާއި އދ އިން ވަނީ ގޮވާލައިފައެވެ.

2012 ވަނަ އަހަރުވެސް ސަރުކާރުގެ ބަންދުގައި ހުރި ޢަބްދުﷲ ޤާޟީ މިނިވަންކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ގޮވާލައި އަމުރުކުރިއެވެ. މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް ސްޕްރީމް ކޯޓުން ކޮށްފައިވަނީ ހަމަ އެފަދަ އަމުރެކެވެ.



މިކަންކަން ފާހަގަކުރައްވައި ބައެއް ޤާނޫނީ ވަކީލުން މިހާރުވެސް ގެންދަވަނީ މިކަމުގައި ހުރި ޤާނޫނީ މައްސަލަތައް ފާހަގަކުރައްވަމުންނެވެ. ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރުގައިވާ ކަންކަން ސަރުކާރުން ނުކުރާނަމަ ކުރިމަތިލާން ޖެހިދާނެ ކަންކަން ވެސް ފާހަގަކުރަމުންނެވެ.
މިއަދު އޮންލައިން