ވަރަށް ގިނަ އިތުރު އައިޓަމްތަކާ އިނާމުތަކާއެކު އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ވަރަށް ގިނަ އިތުރު އައިޓަމްތަކާ އިނާމުތަކާއެކު އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވައިފި
އެސްޓީއޯ އިލެކްޓްރޯނިކްސް އިން މިހައިތަނަށް ވިއްކަމުން އައި އައިޓަމްތަކަށްވުރެ މާގިނަ އައިޓަމްތަކާއިއެކު އަދި ގިނަ އިނާމުތައް ލިބުމުގެ ފުރުޞަތުތަކާއިއެކު އެސްޓީއޯ އިލެކްޓްރޯނިކްސްގެ އައު ޝޯރޫމް ހުޅުވައިފިއެވެ.



އިސްލާމީ މަރުކަޒާއި ޖެހިގެން ޗާންދަނީ މަގު ކަންމަތީގައި މިރޭ ހުޅުވި އެސްޓީއޯ އިލެކްޓްރޯނިކްސް އަށް އިތުރުކުރި އައިޓަމްތަކުގެ ތެރޭގައި ޑެލް މަރުކާގެ ލެޕްޓޮޕާއި ކޮމްޕިޔުޓަރާއި އައިޕޭޑް، އައިފޯން އަދި ހުވާވޭ މޯބައިލް ފޯންވެސް ހިމެނެއެވެ. މީގެ އިތުރުން ވެސް ތަފާތު މަރުކާތަކުގެ ހެޑްސެޓާއި އެނޫންވެސް ގިނަ ބާވަތްތައް ހިމެނޭއިރު ތަފާތު ބާވަތުގެ ކެމެރާ ވެސް ލިބެން އެބަހުއްޓެވެ.

މާދަމާއިން ފެށިގެން ޝޯރޫމަސް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު އިނާމެއްގެ ގޮތުން 20،000 ރުފިޔާގެ ތަކެތި ލިބޭނެއެވެ.



ޓީވީ ވެސް އެންމެ އަގުހެޔޮކޮށް ލިބެންހުރީ އެސްޓީއޯ އިލެކްޓްރޯނިކްސް އިންނެވެ. 65 އިންޗީގެ ޓީވީއެއް އެންމެ 15999 އަށް ލިބޭއިރު ކޮންމެ ޓީވީއަކާއިއެކު 4000 ރުފިޔާގެ އަގުހުރި ޖޭބީއެލް ސައުންޑް ބާރއެއް ލިބޭނެއެވެ. ފިލިޕްސް މަރުކާގެ 65 އިންޗީގެ ޓީވީއެއް ގަނެފިނަމަ 24 އިންޗީގެ ޓީވީއެއް ހިލޭ ލިބޭނެއެވެ.



އެސްޓީއޯ އިލެކްޓްރޯނިކްސް އަށް އަލަށް ތަޢާރަފްކުރި އައިޓަމްތަކަށްވެސް 1 އަހަރު ދުވަހުގެ ވޮރަންޓީ ލިބޭނެއެވެ. މިހާރުވެސް އެންމެ ފުރިހަމައަށް އާފްޓަރ ސޭލްސް ސަރވިސް ދެމުން ގެންދަނީ އެސްޓީއޯ އިންނެވެ.

އެންމެ ޒަމަނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޝޯރޫމް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝޯރޫމް ހުޅުއްވައި ދެއްވީ އެސްޓީއޯގެ ޗެއަރމަން މުޙައްމަދު ސާލިމް އެވެ.



މުޙައްމަދު ސާލިމް ވިދާޅުވީ ފާއިތުވި އަހަރެއްހައި ދުވަހަކީ އެސްޓީއޯ އިން ގިނަ އައު ޚިދުމަތްތައް ތަޢާރަފްކުރި ދުވަސްތަކެއް ކަމަށެވެ. އަދި އެސްޓީއޯގެ ފްލީޓަށް އިތުރުވި 25،000 ޓަނުގެ ޓޭންކަރަކީ ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ އުޅަނދެއް ކަމަށެވެ.
މިއަދު އޮންލައިން