އެ ގޮތުން، ބީއެމްއެލް އިން ވަނީ ދިއްގަރުގައި ސްކޫލްގެ ދަރިވަރުންނަށާއި، މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ކެންސަރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ބާއްވައިފައެވެ. އަދި އާންމުކޮށް އެންމެ ހުޅުވާލައިގެން މިއަދު ހަވީރު ވަގުތުގައި ވަނީ ޚާއްސަ ހަވީރެއް ވެސް ވަނީ ބާއްވައިފައެވެ.
އޭގެ އިތުރުން، މުޅި މ.އަތޮޅަށް އަމާޒުކޮށް އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ވެސް މި ފެބްރުއަރީ މަހުގެ 15 އިން 17 އަށް ދިއްގަރުގައި ބާއްވަން ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްއިން ބުނީ ދިއްގަރުގައި ބޭއްވި ހަރަކާތްތަކަކީ 'އަހަރެންގެ ބޭންކް' ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކޮށް ދުނިޔޭގެ ކެންސަރު ދުވަސް ފަދަ މުހިންމު ދުވަހެއް ފާހަގަކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެލްއިން ބޭއްވި ހަރަކާތްތަކެއް ކަމަށެވެ.