ކަސްޓަމަރުން ބޭނުންވާ ފަދަ ފައިނޭންސިންގެއިތުރު ފުރުސަތު ހޯދައިދިނުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ ލޯނެއް މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ 'ލައިފް ސްޓައިލް ލޯން' ފަރުމާކުރެވިފައިވަނީ ގެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ލުއިފަސޭހަކަމާއެކު 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ ގޮތަށްކަމަށެވެ.
މި ލޯނުމެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެއެވެ. މި ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލް ކޮށްދިނުމަށާއި، ވިޔަފާރި އަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނުކުރުމަށް ފަހުގައެވެ.
މިލޯނާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސްކުލްދިޕް ޕަލިވާލްވިދާޅުވީ "ބީއެމްއެލް ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް. ކުލީގެ ގޮތުގައި އާމްދަނީ ލިބޭފަރާތްތަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެމެދުގައި މަޤްބޫލް ލޯނަކަށް ވެގެންދާނެ. މިލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންނާއި، ރިލޭޝަންޝިޕް މޭނަޖަރުން މެދުވެރިކޮށް އަދި ބޭންކުގެ ވެބްސައިޓްwww.bankofmaldives.com.mv އިން ލިބޭނެއެވެ."
ބީއެމްއެލް އިން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފްމޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.