ރައީސް މައުމޫން ޖަލަށް ގެންދިއުމުން ވެރިކަން ހޯދައިދިން 3 ލީޑަރުން ކަސްތޮޅުއެޅުނީ!'

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރައީސް މައުމޫން ޖަލަށް ގެންދިއުމުން ވެރިކަން ހޯދައިދިން 3 ލީޑަރުން ކަސްތޮޅުއެޅުނީ!'
ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޖަލަސް ގެންދިއުމުން މިވެރިކަން ރައީސް ޢަބްދުﷲ ޔާމީނަށް ހޯއްދަވައިދެއްވި 3 ލީޑަރުން ކަސްތޮޅު އެޅުނީއެވެ.

ފުރަތަމަ ބަންދުކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އަށެވެ. ޝައިޚް އިމްރާން ބަންދުކޮށް ޙުކުމްކުރީ 2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާގެ ބައިވެރިންނާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުލިގެންނެވެ.

ދެން ބަންދުކޮށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށެވެ. ޤާސިމް އިބްރާހީމް ބަންދުކޮށް ހުކުމްކުރީ ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު ޕިޕީއެމް އާއި ގުޅުނު ޖުމްހޫރީ ޕާޓީގެ މެންބަރުން އަނބުރާ ޖުމްހޫރީ ޕާޓީ އާއި ގުޅުމަށާއި އެގޮތުން ގުޅޭ މެންބަރުންނަށް މަރުހަބާ ވިދާޅުވެ ދެން އޮންނަ އިންތިޚާބުގައިވެސް ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.

ސަރުކާރެއް ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ތިބި 3 ލީޑަރުން ހަމަ އެސަރުކާރުގެ ވެރިކަމުގައި ހައްޔަރުކުރުން މިއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާނެ ކަމެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
މިއަދު އޮންލައިން