ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެދަށުން ޤާއިމްކުރެވުނު މި ސެންޓަރ ހުޅުވާފައިވަނީ މިއަދު މެންދުރުފަހު ވިލިމާލޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވިލި މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ " މިއަދު މި ޤާއިމް ކުރެވުނު އާ ސެލްފް ސަރވިސް ބޭންކިން ސެންޓަރ އާއެކު ވިލިމާލޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތާނގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ލިބިގެންދާނީ އެންމެ ޒަމާނީ ބްރާންޗަކާއި 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.