ޤާނޫނު އަސާސީ އާއި ޤާނޫނީ ހުކޫމަތު ހިމާޔަތްކޮށް ނަގަހައްޓަން އދ އިން ދިވެހި ސަރުކާރަށް ބާރުއަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޤާނޫނު އަސާސީ އާއި ޤާނޫނީ ހުކޫމަތު ހިމާޔަތްކޮށް ނަގަހައްޓަން އދ އިން ދިވެހި ސަރުކާރަށް ބާރުއަޅައިފި
ރާއްޖޭގައި ޤާނޫނު އަސާސީ އާއި ޤާނޫނީ ޙުކޫމަތު ހިމާޔަތްކޮށް ނަގަހައްޓަން އދ އިން ދިވެހި ސަރުކާރަށް ބާރުއަޅައި އެކަމަށް ގޮވާލައިފިއެވެ.

އދގެ ސެކެޓްރީ ޖެނެރަލްގެ ތަރުޖަމާނު ސްޓީފަން ޑުޖަރިކް ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތާއިމެދު ސެކެޓްރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމާއި އަދި ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެގަނެ ހިންގި ކަންތައްތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ވީހައި އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ސެކެޓްރީ ޖެނެރަލް ގޮވާލައްވާ ކަމަށާއި ރައްޔިތުންނާއި ޖޫޑިޝަރީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރަށް ސެކެޓްރީ ޖެނެރަލް ގޮވާލައްވާ ކަމަށެވެ.
މިއަދު އޮންލައިން