ބީއެމްއެލް އިން ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބީއެމްއެލް އިން ހާއްސަ ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފި
އަތޮޅުތަކުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ސީއެސްއާރު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގެރާމް އިފްތިތާހުކޮށްފައިވަނީ މިއަދު ހަވީރު ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މި ޕްރޮގްރާމްގެ ދަށުން ބޭންކުގެ ކޮންމެ ބްރާންޗަކަށްވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓެއް ކަނޑައެޅިފައިކަމަށާއި "އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލްއާ އޮތްގުޅުން އިތުރަށް ބަދަހިކުރުމަށް މުޅިރާއްޖެ އަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައު ތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ހަމަޖެހިފައިކަމަށްވެސް ބީއެމްއެލް އިން ބުނެފައެވެ.
.
ބީއެމްއެލް އިން ބުނެފައިވަނީ މުޅިރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.



ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާ ތަކަކީ ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކާއި، ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ދާއިރާއެވެ. އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެއަތޮޅެއްގައި ގާއިމްކޮށްފައިވާ. ބޭންކުގެ ބްރާންޗަކަށް ނުވަތަ .com.mv.community@bmlއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއަދު އޮންލައިން