ރާއްޖެ އާއިމެދު އެއްވެސް ފިޔަވަލެއް އެޅުމަށް އދގެ ސެކިޔުރިޓީ ކައުންސިލުގައި އަދި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކުރުމާއި އަދި ފަނޑިޔާރުން ހައްޔަރުކުރުމާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައި އޮތީ ރާއްޖޭގެ ޙާލަތާއިބެހޭ މައުލޫމާތު ހިއްސާކުރުމެވެ.
އދގެ ސެކިޔުރިޓީ ކައުންސިލުން ރާއްޖެ އާއިމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ އެކަންކުރާނީ އެކަމަށް އެޖެންޑާކޮށްގެން ބާއްވާ ބައްދަލުވުމެއްގައެވެ.
މިއީ ސެކިޔުރިޓީ ކައުންސިލުން ރާއްޖެ އާއިމެދު ބޭއްވި 2 ވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފަސްކުރުމުންނެވެ.