އެކައުންޓްގައިވާ ފައިސާ ލޫޓުވުމަށް، ބީއެމްއެލް ގެ ނަމުގައި

ކިޔުމަށް ހޭދަވާނީ 56ސ
އެކައުންޓްގައިވާ ފައިސާ ލޫޓުވުމަށް، ބީއެމްއެލް ގެ ނަމުގައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަރނެޓް ބޭންކިން ގެ އެކައުންޓް ސަސްޕެންޑް ވަނީ ކަމަށާއި އަޕްގްރޭޑް ކުރުމަށް ޔޫޒަރނޭމް އާއި ޕާސްވޯޑް ޖަހަން ބުނެ، ބީއެމްއެލް ގެ ނަމުގައި "ފޭކް" އީމެއިލް އެއް ދައުރުވަމުންދާ ކަމަށް އެބޭންކުން ބުނެފިއެވެ.



ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބީއެމްއެލް ގެ ނަމުގައި މިފަދަ އީމެއިލެއް ކަސްޓަމަރުންނަށް ލިބެމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ އީމެއިލް އެއް ލިބުން ކަމުގައި ވިޔަސް އެއްވެސް މައުލޫމާތެއް ޙިއްސާ ނުކުރުމަށް އެބޭންކުން ނަސޭޙަތްތެރިވާ ކަމަށެވެ. އަދި މިފަދަ އީމެއިލް އަކީ، ކަސްޓަމަރުން ލޫޓުވުމުގެ ނިޔަތުގައި ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށާއި ބީއެމްއެލް ގެ ފަރާތުން އެއްވެސް ކަސްޓަމަރެއްގެ އެފަދަ މައުލޫމާތު އީމެއިލް ގެ ޒަރީޢާއިން ނުހޯދާނެ ކަމަށެވެ.



މީގެ އިތުރުން، އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް އަބަދުވެސް ބީއެމްއެލް ގެ ރަސްމީ ވެބްސައިޓު www.bankofmaldives.com.mv ބޭނުން ކުރެއްވުމަށް ވެސް އެބޭންކުން ނަސޭޙަތްތެރިވެފައި ވެއެވެ.
މިއަދު އޮންލައިން