މިއީ މުޖުތަމައަށްފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާޖަމާއަތްތަކަށް އެހީވުމަށް ބޭންކުން ކޮންމެއަހަރަކުވެސް ބާއްވާ ހަރަކާތެކެވެ. މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކު ކުރިމަތިންފެށި ދުވުން ނިންމާލީވެސް ސެންޓްރަލް ޕާކު ސަރަހައްދަށެވެ. ދުވުން ނިންމާލުމަށްފަހު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިސިކަލް ޑިސޭބަލްސް އާއިބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ފައިސާގެއެހީ ގޮތުގައި ބޭންކުންވަނީ އެޖަމްއިއްޔާތަކަށް 90،000 ރުފިޔާދީފައެވެ. ބޭންކުގެ ފަރާތުން ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންޑައިރެކްޓަރ އެންޑްރޫހީލީއެވެ.
އަހަރެންގެ ބޭންކް ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހިމުޖުތަމައު އަށް ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ފެބްރުވަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެއެވެ.