ރާއްޖެއަށް ކުރިމަތިވެފައިވާ މި ނުރައްކައުތެރި ޙާލަތުގައި ވެސް ސްޕްރީމް ކޯޓުން މިއަދު އެފަދަ ގޮތަކަށް އަމަލުކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަންޖެހޭ ދުވަސް ފާއިތުވެގެން ދިއައިރުވެސް ނުހުޅުވައި ޖަލްސާތައް ފަސްކުރުމަށްފަހު މާދަމާ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށް އަދި ޖަލްސާ ފެށެން އެންމެ 12 ވަރަކަށް ގަޑިއިރަށް ކައިރިވެފައިވަނިކޮށް 12 މެންބަރުންނަށް މާދަމާގެ ޖަލްސާއަށް ނުވަދެވޭ ގޮތަށް ދައުލަތުގެ އެދުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ދުވަހުން ދުވަހަށް ނެރުމުން މިކަންކަން ހިނގަމުންދާ ގޮތާއިމެދު ޤާނޫނީ އިސްފަރާތްތަކުން ގެންދަނީ ތަފާތު ތުހުމަތުތައް ކުރިމަތިކުރަމުންނެވެ.
ޤާނޫނީ ވަކީލް މައުމޫން ޙަމީދުވެސް ވަނީ ކަންކަން ހިނގަމުންމިދާ ގޮތާއިމެދު އެމަނިކުފާނުގެ ރައުޔު ބަޔާންކުރައްވައި ޓްވީޓް ކުރައްވައިފައެވެ. އިތުރު ލޯޔަރުންވެސް ގެންދަވަނީ ތަފާތު ޝުޢޫރުތައް ފައުޅުކުރައްވަމުންނެވެ.
By applying today for an interim order, @agofficemv has now admitted that refusal to implement Supreme Ct's order of 1 Feb was unlawful & in contempt of court.
— Maumoon Hameed (@maanhameed) February 18, 2018
By issuing the interim order, the Supreme Ct has placed the seal on this issue.
All those involved must be prosecuted. pic.twitter.com/YNLRwkDnNN