މި އެއްބަސްވުމުގެ ދަށުން އަލްޝާލީ މެރިން އިން ބަންނަ އޮޑިދޯނި ފަހަރުގައި އެމްޓސީސީއިން ރާއްޖޭގައި ވިއްކާ ސުޒުކީ އައުޓްބޯޑް އަދި ޔަންމާ އިންބޯޑް އިންޖީނު އެޅުމަށް އިސްކަންދެވިގެންދާނެއެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތެވެ. އަދި އަލްޝާލީމެރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުންނީގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފެވެ.
މިއެއްބަސްވުމުގެ ސަބަބުން ދެކުންފުނީގެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ދެކުންފުނިންވެސް ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީ އަކީ، ދިވެހިރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓެވެ. އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮއްދެ އެވެ.