މެމްބަރުންނަށް ފޯނުކުރާކަމަށް ތުހުމަތުކޮށް އަދީބުގެ ގޮޅި އަނެއްކާވެސް ފާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
މެމްބަރުންނަށް ފޯނުކުރާކަމަށް ތުހުމަތުކޮށް އަދީބުގެ ގޮޅި އަނެއްކާވެސް ފާސް ކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި އޮންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފޯނު ކުރައްވާ ކަމަށް ތުހުމަތުކޮށްފި ކަމަށާއި އެތުހުމަތާއި ގުޅިގެން ދޫނިދޫގައި އަދީބު އޮންނެވި ގޮޅި މިއަދު ފާސްކޮށްފި ކަމަށް އޭނާގެ ވަކީލު ޙުސެއިން ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުންނަށް ގުޅުއްވާ ސަރުކާރާ ދެކޮޅުވުމަށް އަދީބު ވިދާޅުވަމުން އަންނަކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި، އަދީބު އޮންނެވި ގޮޅި ފުލުހުން ަނީ ބަލާފައެވެ.

"ގޮޅީގައި ފޯނެއް ނުގެންގުޅެވޭނެ، އެކަން އެނގި ތިބެ ދޭތެރެ ދޭތެރެއިން އެގޮޅި ފާސްކުރަނީ ކީއްވެކަމެއް ނޭނގެ" ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ ވަކީލު ސިރާޖު ވިދާޅުވިއެވެ.

މިއަދު އޮންލައިން