ބީއެމްއެލް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ބަހައްޓައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބީއެމްއެލް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ބަހައްޓައިފި
ބޭންކް އޮފް މޯލްޑިވްސްެ އިން އައްޑޫގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެ އޭޓީއެމް ބަހައްޓައިފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މި އޭޓީއެމްތައް ބެހެއްޓީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ. ކަމަށާއި މި ދެ އޭޓީއެމް ބެހެއްޓީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށްވުމުން، މި އެޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

މިކަމާ ގުޅޭ ގޮތުންބީއެމްއެލްޑެޕިއުޓީސީއީއޯމުޙައްމަދު ޝަރީފް ވިދާޅުވީ އައްޑޫގައި އިތުރު ދެ އޭޓީއެމްގެ ޚިދުމަތް މިއަދު ފެއްޓޭކަމީ އަޅުގަނޑުމެންނަށްލިބޭއުފަލެއް. އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައި މި ގާއިމްކޮށްފައިވާ މި އެޓީއެމްތަކުން ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ގިިނަ ފަރުދުންނަށާއި އާއިލާތަކަށްއިތުރުފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން،230 ކޭޝްއޭޖެންޓުންގެ އިތުރުން އެންމެޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
މިއަދު އޮންލައިން