ބީއެމްއެލް އިން ސްވިމިންގ ޓްރެކް ސާފުކުރުމުގެ ހަރަކާތެއް ހިންގާފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ބީއެމްއެލް އިން ސްވިމިންގ ޓްރެކް ސާފުކުރުމުގެ ހަރަކާތެއް ހިންގާފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން މާލޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ބީއެމްއެލް ސްވިމިންގ ޓްރެކް ސަރަހައްދު ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ބާއްވާއިފިއެވެ.



މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. މި ހަރަކާތްހިންގާފައިވަނީމިއަދުހެނދުނު10:00 އިންފެށިގެން މެންދުރުފަހުގެ 2:00 ގެ ނިޔަލަށެވެ. މިހަރަކާތުގައި ބެންކުގެ މުވައްޒަފުންވެސް ޑައިވަރުންގެގޮތުގައި ބައިވެރިވިއެވެ.



ބީއެމްއެލް އިން ބުނެފައިވަނީ މިއިވެންޓުގެ މަގްސަދަކީ ބީއެމްއެލް ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ބޭނުންކުރާ ތަނަކަށްވެފައި އެސަރަހައްދު ސާފުކޮށް ރީތިކޮށް މުޖްތަމައުއަށް ބޭނުންތެރި ގޮތަކަށްބޭއްވުންކަމަށެވެ.

އަހަރެންގެބޭންކް" ޕްރޮގްރާމްގެ ދަށުންބީއެމްއެލް އިން އަންނަނީ މިހިނގާ ފެބްރުއަރީމަހުގެ ކޮންމެދުވަހަކުވެސް މުޖުތަމައަށް ފައިދާކުރުވަނިވި ޚާއްސަހަރަކާތެއް ބާއްވަމުންނެވެ.
މިއަދު އޮންލައިން