އެގޮތުން އެމްޑަބްލިއެސްސީ ގެ ދެ ޓަވަރުގެ މަސައްކަތް އަޅަން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާރޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ. މިކަމާއި ގުޅޭ ގޮތުން މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހިން ހިއްކި ބިމުގައި އެޓަވަރުތައް އެޅުން ވަނީ ހަވާލުކޮށްފައެވެ. އެކުންފުންޏާއި މަސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓް ފައިނޭންސް އުސޫލުންނެވެ.
މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ދެ ޓަވަރުގައި ހުންނާނީ 384 އެޕާޓްމަންޓް ކަމަށާއި އޭގެ ތެރޭގައި އެއް ކޮޓަރި، ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހިމެނޭނެ ކަމަށެވެ.
"ކޮންޓްރެކްޓަރަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވެސް މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެއް. އެހެންކަމުން އަޅުގަނޑަސް އެބައޮތް ޔަގީންކަން އެއްބަސްވެފައިވާ ގޮތަށް މިތަންތަން ނިންމާނެ ކަމުގެ" އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.