ކެންސަރު ޖެހުނު ކުޑަ ދަރިފުޅުގެ އެންމެ ފަހު ބަސްތައް "މަންމަ ދެކެ ވަރަށް ލޯބިވޭ"

ކިޔުމަށް ހޭދަވާނީ 1މ 40ސ
ކެންސަރު ޖެހުނު ކުޑަ ދަރިފުޅުގެ އެންމެ ފަހު ބަސްތައް "މަންމަ ދެކެ ވަރަށް ލޯބިވޭ"
އުމުރުން ތިން އަހަރުގެ ނޯލަން ގެ ނޭފަތް ބެދުމުން، އެންމެ ފުރަތަމަ އެންމެންވެސް ހީކުރީ އެއީ ހަމަ އާދައިގެ ރޯގާއެއް ކަމަށެވެ.

ނަމަވެސް ނޭފަތް ބެދުން މާބޮޑުވެ، ނޯލަން އަށް ނޭވާލާން ވެސް ދަތިވުމުން އޭނާގެ މައިންބަފައިން، ރޫތު އާއި ޖޯނަތަން، އޭނާ ޑޮކްޓަރަށް ދެއްކުމުން އެނގުނީ ނޯލަން އަށް ހުރީ ރެބްޑޮމްޔޯސާކޮމާ ޖެހިފައި ކަމެވެ. މިއީ ވަރަށް ތަފާތު ވައްތަރެއްގެ ކެންސަރެކެވެ.



ބޭސްދިނުމުން ވެސް ރަނގަޅު ނުވުމުން، 2015 ވަނަ އަހަރު ޑޮކްޓަރަށް ދެއްކުމުން އެނގުނީ ނޯލަން ގެ ފުއްޕާމޭގައި ޓިއުމަރެއް އުފެދިފައިވާ ކަމެވެ.

ނޯލަން އަށް އެކި ކަހަލަ ބޭސްފަރުވާ ކުރެވުނެވެ. އެހެން ނަމަވެސް އެއްވެސް ބޭސްފަރުވާ އަކުން އެކުޑަކުޑަ ކުއްޖާއަކަށް އަސަރެއް ނުކުރިއެވެ.

ނޯލަން އަބަދުވެސް ބޭނުންވީ، އޭނާގެ މަންމަ ރޫތު އޭނާ ފެންނަ ހިސާބުގައި ހުރުމަށެވެ. ގިނަ ފަހަރަށް ރޫތު ފާޚާނާއަށް ވެސް ދަނީ ނޯލަން ގޮވައިގެނެވެ. އެކުއްޖާ ގުނަމުން ދިޔައީ އެންމެ ފަހު ދުވަސްތައްކަން ޚުދު އޭނާއަށް ވެސް ވިސްނިގެން، އޭނާގެ މަންމަ ކައިރީގައި ބުންޏެވެ.



"މަންމާއެވެ. އަހަރެން ސުވަރުގޭގައި ކުޅެން ހުންނާނަމެވެ. މަންމަ އަހަރެން ކައިރިއަށް އަންނައްޗެވެ."

ނޯލަން ގެ އެބަސްތަކުން ރޫތުއަށް ވަރަށް އަސަރު ކުރިއެވެ.

ހޮސްޕިޓަލުގައި އެއްރޭ ނޯލަން ކައިރީގައި ހުރެފައި، ރޫތު ފާޚާނާއަކަށް ގޮސްފައި އަންނާނަމޭ ބުންޏެވެ. ނޯލަން އެދުނީ އޭނާގެ މަންމަ އަންނަންދެން އޭނާ ގާތު ބޮޑުބޭބެ ބެހެއްޓުމަށެވެ. އަދި އޭނާ އޮންނާނީ މަންމަ އަންނަން ދެން ފާޚާނާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމަށް ބުންޏެވެ.



ރޫތު ފާޚާނާއިން އައިއިރު ނޯލަން އޮތީ ދެލޯ މަރައިގެންނެވެ. ނޭވާ ލެވޭހެން ވެސް ހިއެއް ނުވެއެވެ. ހިތް ބިރުގެންފައި ރޫތު އޭނާގެ ދަރިފުޅު އުރާލިއެވެ. އެވަގުތު ނޯލަން ލޯހުޅުވާލާފައި ބުނީ "މަންމަ ދެކެ އަހަރެން ވަރަށް ލޯބިވޭ" މިހެންނެވެ. އެހަތަރު ބަސް ބުނުމަށްފަހު މިދުނިޔެއަށް އަބަދުގެ އަބަދަށް، ރޮލިން ނޯލަން ސްކަލީ، އަލްވަދާއު ކިއެވެ.
މިއަދު އޮންލައިން