ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް މިމަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ.
މި ދެ ޓަވަރުގައި 350 އެޕާޓްމަންޓް ހުންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚަފްލާގެ ޝަރަފުވެރި މެހެމާން އިނޮކޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެސްޓީއޯ އަކީ ދިވެހި ރާއްޖޭގެ އިޤްތިސާދަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ.
"ހުޅުމާލޭގެ ފޭސް 2 ގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް މިދަނީ. އެގޮތުން ފާހަގަ ކޮށްލެވޭ މަގު ހެދުމުގެ މަސައްކަތް ވެސް. ދިވެހި ރާއްޖެ ބިނާ ކުރުމުގެ މަސައްކަތްތަކެއް މީގެ ކުރިން މިހާ ހަލުވި ކަމާއިއެކު ކުރިއަށް ގޮސްފައެއް ނުވޭ. ސަރުކާރުގެ ވަރަށް ބޮޑު ޙިއްސާއެއް އޮންނަ ކުންފުންޏެއް އެސްޓީއޯ އަކީ. ވަރަށް ބޮޑެތި ޒިންމާތަކެއް ނަންގަވަން ޖެހޭތީ، ޒިންމާ ނަގަން ތިބޭ ފަރާތްތަކަކީ ވެސް މުވައްޒަފުން" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
އެސްޓީއޯ އިން އިމާރާތް ކުރާ އެޕާޓްމެންޓު ތަކުގައި ހިމެނެނީ އެއް ރޫމް ގެ އެޕާޓްމަންޓާއި ދެ ރޫމް ގެ އެޕާޓްމަންޓް އަދި "ޓޫ ޕްލަސް ވަން" ގެ އެޕާޓްމަންޓެވެ.
މި ޓަވަރުތަކަކީ އެސްޓީއޯ އިން 27 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީޖީ ގްރޫޕް އާއި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.