ބީއެމްއެލް އިން ގިފްޓް ކާޑެއް ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބީއެމްއެލް އިން ގިފްޓް ކާޑެއް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންކަސްޓަމަރުން އަމިއްލައަށް ފަރުމާކޮށްލެވޭ ގިފްޓްކާޑެއް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިކާޑު ފަރުމާކުރެވޭނީ ބޭންކުގެ ވެބްސައިޓްގައި ހިމެނޭ މިކަމަށްހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ. މި ގޮތުން ކާޑުގައި ހިމަނަން ބޭނުންވާ ފޮޓޯ އަކާއި މުނާސަބަތާގުޅޭ މެސެޖް ވެސް ޚިޔާރުކޮށްލެވޭނެކަމަށާޢި. އަދި ކާޑަށް އަޅަންބޭނުންވާ ފައިސާގެ އަދަދުވެސް ކަސްޓަމަރު އަމިއްލައަށް ކަނޑައެޅޭނެއެވެ. ކާޑު ތައްޔާރުވުމުން މާލޭގައި ނަމަ ކަސްޓަމަރ ސަރވިސް ސެންޓަރުން، އަދި އެހެން ރަށެއްގައި ނަމަ ބޭންކުގެ ބްރާންޗަކުން ކާޑު ދޫކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ.

ބީއެމްއެލް ގިފްޓްކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް ގަންނަވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕިއުޓީސީ އީއޯ ޢައިޝަތު ނޫރައްދީންވިދާޅުވީ " އަޅުގަނޑުމެންގެ ގިފްޓްކާޑަކީ އާއިލާގެ މެންބަރުންނަށާއި ލޯބިވާ މީހުންނަށް ނަގުދުފައިސާ ހަދިޔާގެގޮތުގައި ދިނުމުގެ ބަދަލުގައި ދޭން އެންމެރަނގަޅު އެއްހަދިޔާ. މިއަދު މި ތައާރަފްކުރެވުނު ޚިދުމަތާއެކު ބޭނުންވާ ފޮޓޯއަކާއި މެސެޖެއް ހިމަނައިގެން ގިފްޓް ކާޑު ފަރުމާ ކޮށްލެވޭނެ. މިއީ ކޮންމެ މުނާސަބަތަކަށްވެސް އެންމެ ރަނގަޅު ހަދިޔާ" ކަމަށެވެ.

މިއަދު އޮންލައިން