އެސްޓީއޯ ގްރޫޕުގެ ކުންފުނިތަކާމެދު ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯ ގްރޫޕުގެ ކުންފުނިތަކާމެދު ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި
އެސްޓީއޯ ގްރޫޕްގެ ވިޔަފާރީގެ ބައިވެރިންނާއި އިންވެސްޓަރުންނާއި ރެގިއުލޭޓިންގ އޮތޯރިޓީތަކުގެ އިތުބާރު ގެއްލޭގޮތަށް، އަދި އެސްޓީއޯ ގްރޫޕްގެ މަސްލަޙަތުތަކަށް ގެއްލުން ލިބޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކައި ފެތުރުމަކީ އެކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ބުނެ އެފަދަ ވާހަކަތައް ނުފެތުރުމަށް އެސްޓީއޯ އިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯގެ ބަޔާން:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝނަ ޕަބްލިކް ލިމިޓަޑް (އެސްޓީއޯ ޕލކ) ކުންފުންޏަކީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރެވިފައިވާ، ދިވެހި ރައްޔިތުންނަށް މުހިއްމު، ގިނަ ޚިދުމަތްތަކެއް، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏަކީމެވެ.

މިމަސައްކަތްތައް ކުރުމުގައި އެސްޓީއޯއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް އަދި މީގެ އިތުރުން އެސްޓީއޯއިން މުޢާމަލާތުކުރާ ގިނަ ބައިނަލްއަޤްވާމީ ކުންފުނިތަކާއި ބޭންކްތަކުގެ ރިކުއަރމަންޓާއި އެއްގޮތަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏަކީމެވެ.

މިހިނދު، އެސްޓީއޯ ގްރޫޕްގެ ވިޔަފާރީގެ ބައިވެރިންނާއި އިންވެސްޓަރުންނާއި ރެގިއުލޭޓިންގ އޮތޯރިޓީތަކުގެ އިތުބާރު ގެއްލޭގޮތަށް، އަދި އެސްޓީއޯ ގްރޫޕްގެ މަސްލަޙަތުތަކަށް ގެއްލުން ލިބޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާ، ފެތުރުމަކީ މިކުންފުނިން ހިތާމަކުރާ ކަމެއް ކަމުގައި ދެންނެވީމެވެ. އަދި މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ.
މިއަދު އޮންލައިން