އެމްއެމްޕީއާރުސީ އިން މިއަދު ބުނީ މިއަހަރުގެ ފެއާގައި ރާއްޖޭގައި 27 ކުންފުންޏަކުން ބައިވެރިވާ ކަމަށާއި މިއީ މިދިއަ އަހަރަށްވުރެ ވަރަށް ބޮޑުތަން އިތުރު އަދަދެއް ކަމަށެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މިހައި ގިނަ ބައަކު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ ރަސިއާ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި އެހެންކަމުން ރަސިއާ މާކެޓަށް އިސްކަންދީގެން އަބަދުވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
"ރަސިއާގަ އަބަދުވެސް ރާއްޖޭގެ ޕީއާރުއެޖެންޓަކު ހުންނާނެ. ޓްރެވަލް އެޖެންޓުންނާއި އަދި ރައްޔިތުންނާއި ގުޅިގެން ރާއްޖެ ޕްރަމޯޓް ކުރުމުގެ މަސައްކަތް އަބަދުވެސް މިގެންދަނީ ކުރަމުން." ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ.