ފުޑްކޯޓްގެ ބްލޮކް 1 އާ 2 ގެ މަސައްކަތް މިމަހު ނިންމާ އޮޕަރޭޝަން ފެށޭނެ: އެސްޓީއޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފުޑްކޯޓްގެ ބްލޮކް 1 އާ 2 ގެ މަސައްކަތް މިމަހު ނިންމާ އޮޕަރޭޝަން ފެށޭނެ: އެސްޓީއޯ
އެސްޓީއޯ އިން އާހާބަރު ސަރަހަދުގައި ތަރައްޤީކުރާ ފުޑްކޯޓްގެ ބްލޮކް 3 އަދި 4 (އިއްޒުއްދީން މަގު) ގެ ސިވިލް މަސައްކަތް އޭޕްރިލް މަހު ނިންމައި މެއި މަހު އެ ދެބްލޮކްގެ އޮޕަރޭޝަން ފެށޭނެ ކަމަށާއި ފުޑްކޯޓް ގެ ބްލޮކް 1 އަދި 2 (އަމީނީމަގު) ގެ އަމަލީ މަސައްކަތް ނިމި މިހާރު ކުރެވެމުންދަނީ އެތަނުގެ ލޭންޑްސްކޭޕިންގް ގެ މަސައްކަތްތައް ކަމަށާއި މި މަސައްކަތް މިހިނގާ މާރޗް މަހު ނިންމާ އެދެބްލޮކް ގެ އޮޕަރޭޝަންސް ފެށޭނެކަމަށް އެސްޓީއޯ އިން ބުނެފިއެވެ.



އެސްޓީއޯ އިން މިއަދު ބުނީ ކުންފުނީގެ ފަރާތުން މާލެ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި ޢިމާރާތްކުރަމުންގެންދާ ފުޑްކޯޓްގެ 26 ޔުނިޓް ކުއްޔަށް ދިނުމަށްޓަކައި 21 ޖަނަވަރީ 2018 ގައި އެކަމަށް ޝައުގުވެރިވާފަރާތްތަކުން ބިޑް ހުށަހަޅާފައިވަނީ 22 ޔުނިޓށް ކަމަށެވެ. މިޔުނިޓްތަކުގެ ބިޑްތައް އިވެލުއޭޓް ކޮށް 19 ފަރާތަކަށްވަނީ އެވޯޑް ނޮޓިފިކޭޝަން ފޮނުވިފައި ކަމަށާއި އެވޯޑިންގ ޕްރޮސެސް ނިންމާ ޔުނިޓްތަކުގެ ވެރިފަރާތްތަކާއި އެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށްއޮތް ހަފްތާތެރޭ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފުޑްކޯޓްގެ 26 ޔުނިޓްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާ 4 ޔުނިޓަށް ދެވަނަ ފަހަރު ޓެންޑަރ އަށް ޢިއުލާން ކުރެވި، 11 ފެބްރުއަރީ 2018 ގައިވަނީ އެޔުނިޓްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައެވެ. މި 4 ޔުނިޓްގެ ބިޑްތަށްވެސް މިހާރު އިވެލުއޭޓް ކޮށް އެވޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.


މިއަދު އޮންލައިން