އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުން ނެވެ.
ރޯވި ގޭގައި ދިރިއުޅެނީ ހުސް ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންދީއެފް އިން މައުލޫމާތު ދިން ގޮތުގައި އެގޭގައި ރޯވި އަލިފާންގަނޑުގެ މިހާރު ވަނީ ނިއްވާލެވިފައެވެ. ނަމަވެސް އަދިވެސް އެގޭ ތެރޭގައި ދުމުގެ އަސަރު ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަލިފާން ރޯވިއިރު ގޭގެ އެތެރޭގައި އޮތް ފިރިހެނަކަށް ދުމުގެ އަސަރު މާބޮޑަށް ކުރުމުން އެމީހާ މިހާރުވަނީ އައިޖީއެމްއެޗް އަށް ފަރުވާއަށް ގެންދެވިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަލިފާނުގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އަށް ލިބިފައިވަނީ މިއަދު 15:39 ގައެވެ.
Male City ge Maafannu Sithaaraa Geyge 3 Vana Fangifilaagai Alifaanuge Haadhisaa eh Hingaigen MNDF Fire and Rescue Service in Harakaaitherivamun dhanee pic.twitter.com/VpJVjOm0HV
— MNDF (@MNDF_mv) March 6, 2018
ތަފްސީލު އަންނަނީ..