ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮ ކުރަން އެސްޓީއޯއިން ނިންމައި މާދަމާ 07 މާރޗް 2018 އިން ފެށިގެން ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް ބާޒާރުގައި ވިއްކަން ފަށާނެއެވެ.
07 މާރޗް 2018 އިން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 10.11 ރުިފިޔާއަށެވެ.
އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ބާވަތްތަކުގެ އަގު އުފުލެމުންދާ ވަގުތެއްގައެވެ.