އަލިފާނުގެ ހާދިސާގައި ހާލު ދެރަވި ބިދޭސީމީހާ މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 29ސ
އަލިފާނުގެ ހާދިސާގައި ހާލު ދެރަވި ބިދޭސީމީހާ މަރުވެއްޖެ
މިއަދު ހަވީރު މ. ސިތާރާގޭ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލު ދެރަވި ބިދޭސީ މީހާ މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމީހާ މިރޭ މަރުވީ އައިޖީއެމްއެޗް ގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެހޮސްޕިޓަލަށް މިއަދު ހަވީރު އޭނާ ގެންދެވުނީ، ދުމުގެ އަސަރު މާބޮޑަށް ކުރުމުންނެވެ.

އުމުރުން 48 އަހަރުގެ އެމީހާ އަލިފާން ރޯވިއިރު އޮތީ އެގޭ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބިދޭސީން ދިރިއުޅެމުން ގެންދިޔަ މ. ސިތާރާ ގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވާން ޖެހުނު ސަބަބު އަދި އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން